logo

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

profile

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 05:42

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓުތަކެއް ފާހަގަކުރެވުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި، މި އުޅަނދުތައް ފެނިފައިވަނީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިކްއެޓޯރިއަލް ޗެނަލް ތެރެއިންނެވެ. އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ދަނީ އެ ސަރަހައްދުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކުރައްވާފައި ނުވި ނަމަވެސް، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ހުއްދަނެތި ވަންނަ އުޅަނދުފަހަރު ބަލައި ފާސްކޮށް، އެފަދަ އުޅަނދުތައް ހުއްޓުވުމަށްފަހު ފުލުހުންނާ ހަވާލުކުރުމުގެ ގާނޫނީ ޒިންމާ އެމްއެންޑީއެފުން އަބަދުވެސް އަންނަނީ އަދާކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk