
ތާރުއަޅާތީ ކާނިވާ ސަރަހައްދުން ފެރީ ޓާމިނަލާއި ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 06:39
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައެވެ.
މި މަސައްކަތަށް މަގު ތައްޔާރުކުރުމުގެ ގޮތުން، ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން މިހާރު ވަނީ އަންގާފައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ރޭ 11:50 އިން ފެށިގެން ތާރު އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު އާންމު ދަތުރުފަތުރަށާއި ޕާކުކުރުމަށް ބަންދުކުރެވޭނެއެވެ.
އެ ސަރަހައްދުގައި އުޅަނދުތައް ޕާކު ނުކުރުމަށާއި، މިހާރު ޕާކުކޮށްފައި ހުރި އުޅަނދުތައް ވީ އެންމެ އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިވަޑައިގެންފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށެވެ. އެ ސަރަހައްދުގެ މަސައްކަތް ނިމުމާއެކު، މަޝްރޫޢުގެ ބާކީ އޮތް ބައިގެ މަސައްކަތް ފެށޭނެއެވެ.
ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ދޮރާ ހަމައަށް މަގު ބަންދުކުރި ނަމަވެސް، ކާނިވާގެ އެތެރޭގައި އޮންނަ ޕާކިން ޒޯނު ބޭނުންކުރެވޭނެ ކަމަށާއި، އެ ތަނުގައި އުޅަނދުތައް ޕާކުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިރިމަރަދޫއިން ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން

2028ގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދިނުމަށް މަޝްރޫޢުއެއް!
2 ގަޑިއިރު ކުރިން

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
3 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމާއި ބެހޭ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)