
ހިރިމަރަދޫއިން ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 06:25
ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
ހިރިމަރަދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައިވާ ގޮތުން، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ވަނީ ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ދައުވަތެއް ދިނުމަށް ނިންމާފައެވެ. މި ނިންމުމަކީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިއަހަރުގެ މާޗް 27 ގައި ނިންމާފައިވާ ނިންމުމެކެވެ.
ހަނިމާދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ހޯރަފުށީ ކައުންސިލުން ހުށަހަޅާފައިވާ މި ފުރުސަތުގެ ދަށުން އެ ރަށަށް ބަދަލުވާން ބޭނުންވާ މީހުން، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހިރިމަރަދޫގައި ހުންނަ ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހުގައެވެ. މީގެ އިތުރުން، ހަނިމާދޫ ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ލިޔުމަކުން ނުވަތަ ފޯނުން ގުޅައިގެން ވެސް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އާބާދީގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުން، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓު ދީފައިވަނީ ހަނިމާދޫ ކައުންސިލް އިންތިޚާބު ކުރުމަށެވެ. އެ ރަށުގެ ރައްޔިތުން އަދި ރަސްމީކޮށް ހަނިމާދުއަށް ބަދަލުކުރެވިފައި ނުވި ނަމަވެސް، ހަނިމާދޫ ކައުންސިލުން ދަނީ ހިރިމަރަދޫގައި އަވަށު އޮފީހެއް ގާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށަކީ ހިރިމަރަދޫއެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ އިދާރީ މަރުހަލާތައް ކުރިއަށްދިޔަ ނަމަވެސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތާރުއަޅާތީ ކާނިވާ ސަރަހައްދުން ފެރީ ޓާމިނަލާއި ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި
2 ގަޑިއިރު ކުރިން

2028ގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދިނުމަށް މަޝްރޫޢުއެއް!
2 ގަޑިއިރު ކުރިން

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
3 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމާއި ބެހޭ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)