logo

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމާއި ބެހޭ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

profile

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 14:52

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމަވާލެއްވުމަށްފަހު، އެ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.

މި އިސްލާހުގައި ހިމެނޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، މިހާރު 8 ރުފިޔާގެ ރޭޓުން ނަގަމުންދާ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާއަށް ދަށްކުރުން ހިމެނެއެވެ. މީގެ އިތުރުން، އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ކުޑަކުރުމަށާއި، 'ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް' ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ދަށްކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި ބިލު ހުށަހެޅުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭ ވަސީލަތްތައް ލިބުން ފަސޭހަކޮށްދިނުމެވެ. އެގޮތުން، ދުންފަތް ދޫކޮށްލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ މުޅިން އިސްތިސްނާކުރުމަށް ނުވަތަ މާފުކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk