logo

މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިން: ޝިޔާމް

profile

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 11:47


މި އަހަރުގެ ޖޫން މަހުގެ މިހާތަނަށް މަސްވެރިންނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ މައިގަނޑު ދެ ބަޔަކީ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކަމަށެވެ.

ގިނައިން ކަޅުބިލަމަހުގެ ވާހަކަ ދެކެވުނު ނަމަވެސް، ކަންނެލި މަސްވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ގިނަ އަދަދެއްގެ އާއިލާތަކެއް އެއަށް ބަރޯސާވާ ދާއިރާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ނުވަތަ ބެކްލޮގް ހަލާސްކުރުން ކަމަށާއި، އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރައްވަމުން، މިހާތަނަށް ޖުމްލަ 1.8 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި، މަސްވެރިންނަށް ބޭނުންވާ މާލީ އަދި އިދާރީ ލުއިފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ޝިޔާމް މި ބައްދަލުވުމުގައި ދެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk