
ސިނގިރޭޓް އަގަށް ގެނައި ބަދަލަކީ ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއް ނޫން: ފަލާހް

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 09:36
ސިނގިރޭޓް އަގަށް ގެނައި ބަދަލަކީ ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއް ނޫން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެން ފަލާހް ވިދާޅުވީ މީގެ ކުރިން ވޭޕް ބޭނުން ކުރަމުންދިޔަ ގިނަ ބަޔަކު މިހާރު އެކަން ހުއްޓާލާފައިވާ ކަަމަށެވެ.
މީގެ ކުރިން ވޭޕް ބޭނުންކުރަމުންދިޔަ ގިނަ ފަރާތްތައް ސިނގިރޭޓް ބޯން ނުފެށީ ސިނގިރޭޓްގެ އަގު ބޮޑުކުރުމުން ކަމަށް ފަލާހް ވިދާޅުވިއެވެ.
ވޭޕް ބޭނުންކުރަމުންދިޔަ ފަރާތްތަކުން އެކަން ހުއްޓާލުމުން ކުރިން ސިނގިރޭޓް ވިއްކަން ހުރި އަގާއި ދާދި އެއް އަގަކަށް ސިނގިރޭޓް އަގަށް ގެނެވުނު ބަދަލަކީ ހަގީގަތުގައި ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.
ދައުލަތަށް ފައިސާ އެހެނިހެން ގޮތް ގޮތުން ލިބޭކަން ފާހަގަކޮށް ފަލާހް ވިދާޅުވީ ކުރީ ސަރުކާރުން ނެގި ލޯނުތައް ދައްކައި ރައްޔިތުން އަރާމުގައި ދިރިއުޅެމުންދަނީ ދައުލަތަށް ފައިސާ ލިބޭތީ ކަމަށެވެ.
އެމްޑީޕީ އިން 2023 ވަނަ އަހަރު މި ގައުމުގެ ވެރިކަމާއި ހަވާލްވި ނަމަ މިއަދު ރައްޔިތުން ތިބޭނީ ނުކައި ނުބޮއި ކަމަށް ފަލާހް ވިދާޅުވިއެވެ.
ދައުލަތުން ނަގާފައި ހުރި އެއްވެސް ލޯނެއް ދައްކާނެ ގޮތެއް އަދި އިގްތިސާދު ހަމައަކަށް އަޅުވާނެ ގޮތެއް އެމްޑީޕީ އަށް ނޭނގޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީ އިން މިހާރު ބޮޑު ބަދަލެއް ގެންނަން އުޅޭ ވާހަކަ ދައްކަމުންދާއިރު އެޕާޓީއަށް ބޮޑު ބަދަލެއް އަދި ކުޑަ ބަދަލެއްވެސް ނުގެނެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
މިގައުމުގައި ދެން ވެރިކަމަށްވެސް އެމްޑީޕީއަށް ނާދެވޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަނުކުރައްވައިފި
ގަޑިއިރެއް ކުރިން

އެމެރިކާ އާއި އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން

ޕީސީބީގެ ބޯޑަށް ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފި
ގަޑިއިރެއް ކުރިން

ވައްކަންކުރި ސަރުކާރުތަކަށް ރައްޔިތުން 2023 ގައި ވަނީ ނޫނެކޭ ބުނެފައި: އަބްދުއްރަހީމް
ގަޑިއިރެއް ކުރިން


.gif&w=3840&q=75)