
ވައްކަންކުރި ސަރުކާރުތަކަށް ރައްޔިތުން 2023 ގައި ވަނީ ނޫނެކޭ ބުނެފައި: އަބްދުއްރަހީމް

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 09:35
ވައްކަމަށް މަގުފަހިވާގޮތަށް ހިންގާފައިވާ ސަރުކާރުތަކަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރެއްވި ވައްކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިހާރު ގާއިމުވެފައި އޮތީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ، އިހްލާސްތެރި ސަރުކާރެއް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ބަހުސްތަކުގައި ސީދާ ގޮތުން ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، މާޒީގައި ކަން ހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮތްކަން ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ނުބައި މަގުން ކަންކަން ކުރި ސަރުކާރުތައް ރައްޔިތުން ބަލައިނުގަތްކަން ތާރީހުން އެނގެން އޮތް ކަމަށާއި، މިހާރު އޮތް ހެޔޮވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، 19 ވަނަ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން މިހާރުވެސް މަޖިލީހުގައި ތިއްބެވިކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ނިމިދިޔަ ދައުރުގައި މަޖިލީހުގެ މިނިވަންކަން ގެއްލި، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމާ ރަބަރު ސްޓޭމްޕެއް ގެ ދަރަޖައަށް މަޖިލިސް ވެއްޓިފައި އޮތްކަން އެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފިނޭންސް މިނިސްޓަރ ޒަރީރަށް މަޖިލީހުން ރުހުންދީފި
33 މިނިޓު ކުރިން

މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިން: ޝިޔާމް
33 މިނިޓު ކުރިން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަނުކުރައްވައިފި
3 ގަޑިއިރު ކުރިން

އެމެރިކާ އާއި އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)