
ޕީސީބީގެ ބޯޑަށް ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 09:36
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ ގެ މެންބަރުކަމުގެ މަގާމަށް، ގއ. ދާންދޫ، ޒައިނާ ޢަބްދުﷲ އައްޔަނުކުރައްވައިފިއެވެ.
ޒައިނާއަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި، ވަކިން ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމެވެ.
އެމްއައިބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.
އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިކަން ޕީސީބީން ފާހަގަކުރެއެވެ.
މީގެއިތުރުން، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ އޮނިގަނޑުތައް އެކުލަވައިލުމުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލުކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައިވެއެވެ.
ޒައިނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަރނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސައިކަލެއް ކަހާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
6 ގަޑިއިރު ކުރިން

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި
10 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ބޯޑުތައް ނަގައިފި
12 ގަޑިއިރު ކުރިން

120 އަށްވުރެ ގިނަ ބައިވެރިންނާއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި
12 ގަޑިއިރު ކުރިން


