
2028ގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދިނުމަށް މަޝްރޫޢުއެއް!

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 06:25
2028 ވަނަ އަހަރުގެ ނިޔަލަށް މަސްވެރިންނަށް ބޭނުންވާ މިންވަރަށް އެން އާލާކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދިވެހި މަސްވެރިކަމުގެ ސިނާއަތުގެ މައިބަދަ ކަމުގައިވާ އެންވެރިކަން މިގޮތަށް ތަރައްޤީކުރުމަކީ، މުޅި ދާއިރާއަށް ލިބިގެންދާނެ ތާރީޚީ ކުރިއެރުމެކެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އިތުރު ދާއިރާތައް އުފެއްދުމުގެ ގޮތުން މެރިކަލްޗަރ އަކީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މި ސިޔާސަތުގެ ދަށުން، މިހާރުވެސް ރާއްޖޭގައި އިނގިލިދިގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް ފަދަ ބާވަތްތައް އާލާކޮށް، އޭގެ ނަފާ ހޯދުމުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
މީޑިއާއަށް ދިން އިޓަރވިއުއެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން އާދައިގެ ފެންވަރެއްގައި ކުރެވެމުންދިޔަ މެރިކަލްޗަރގެ މަސައްކަތްތައް، ބޮޑު ވިޔަފާރީގެ އުސޫލުން ހިންގާ ވަރުގަދަ ސިނާއަތަކަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
މި އަމާޒަށް ވާޞިލްވުމަށްޓަކައި، ކ. މަނިޔަފުއްޓާއި އެ ސަރަހައްދުގެ ފަޅެއް މެރިކަލްޗަރގެ މަސައްކަތްތަކަށް ޚާއްޞަކޮށް، އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ގދ. އަތޮޅުގައި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ދިވެހި ކުންފުންޏަކުން ކުރިއަށްގެންދާ މަޝްރޫޢެއްގައި، ފާނައިގެ އިތުރުން ސަރުކާރުގެ އިރުޝާދުގެ މަތިން އެން އާލާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިނިސްޓަރ މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް މަސްވެރިންނަށް ދިމާވާ އެންވެރިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އާލާކުރާ ސީވީޑް މިހާރު ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރަން ފަށާފައިވާކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގެ މިހާރުގެ އަމާޒަކީ، ސީވީޑް އާލާކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށް، އޭގެ ސަބަބުން އިޤްތިޞާދީ ގޮތުން އައު ފުރުޞަތުތަކެއް ރައްޔިތުންނަށް ހުޅުވައިދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ތާރުއަޅާތީ ކާނިވާ ސަރަހައްދުން ފެރީ ޓާމިނަލާއި ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި
2 ގަޑިއިރު ކުރިން

ހިރިމަރަދޫއިން ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
3 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމާއި ބެހޭ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)