logo

މިއަހަރުވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނުބާއްވާނެ

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 09:27

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ނިންމެވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

https://wamco.com.mv/

މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިނުވެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މިފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk