
ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 12:36
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިއްޖެ ހާލަތެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
މިއަދު ގެޒެޓްކުރި ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ ގޮތުން، ކޯޓުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ނަމަ، އެ ބާރު ޖޭއެސްސީއަށް މިހާރު ވަނީ ލިބިދީފައެވެ.
މި ބަދަލު ގެނައުމުގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުތައް އޮންނަ ގޮތުން އިސް ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވެނީ ހަމައެކަނި އަމިއްލައަށް އިސްތިއުފާ ދިނުމުން ނުވަތަ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ނަމަވެސް އާ ގަވާއިދާއެކު މިކަމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި
9 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި
9 ގަޑިއިރު ކުރިން

ސައިބަރ ކުރައިމް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް: ފުލުހުން
9 ގަޑިއިރު ކުރިން

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)