logo

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި

profile

އާމިނަތު ޝަޒްލާ - 14 ޖުލައި 2026 - 11:31

ގދ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ނުވަތަ "އަލިމާސް ޔޫބީލް" ގެ މުނާސަބަތާ ގުޅިގެން، އެ ސިޓީގެ ފަހުރުވެރި ތާރީޚާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޚާއްސަ ލޯގޯއެއް ރޭ އިފްތިތާޙްކޮށްފިއެވެ.

https://wamco.com.mv/

ތިނަދޫ ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މި ލޯގޯ އަކީ އެ ރަށުގެ ރައްޔިތުންގެ ހިތްވަރާއި، ފާއިތުވި 60 އަހަރު ދުވަހުގެ ތެރޭގައި އެ ސިޓީ ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ ފަރުމާއެކެވެ. މި ލޯގޯއިން ރަމްޒުކޮށްދެނީ ތިނަދޫ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، އެ ސިޓީގެ މުއްސަނދި ސަގާފަތެވެ.

މި މުނާސަބަތާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން ބުނީ، މިއީ އެ ސިޓީގެ ތާރީޚުގައި ފާހަގަކުރެވޭ ވަރަށް މުހިންމު މުނާސަބަތެއް ކަމަށެވެ. އަދި މި އުފާވެރި މުނާސަބަތުގައި ރަށުގެ ހުރިހާ ރައްޔިތުންނާއި، ރަށުން ބޭރުގައި ދިރިއުޅޭ ތިނަދޫގެ އެންމެހާ އަހުލުވެރިން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ތިނަދޫ އަލުން އާބާދުވުމުގެ 60 ވަނަ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ލޯގޯ ބޭނުންކުރާނީ މި އަހަރުގެ ތެރޭގައި މި މުނާސަބަތާ ގުޅިގެން ބާއްވާ ރަސްމީ އެކި ހަރަކާތްތަކުގައެވެ.

މީގެ އިތުރުން ތިނަދޫ ސިޓީ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ދަޢުވަތު ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފައެވެ.

ތިނަދޫ ސިޓީ މޭޔަރ ސައުދު އަލީ "އަސްލު ޓީވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، މިހާރު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު ދިނުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫ އަކީ 1962 ވަނަ އަހަރު މީހުން ހުސްކުރުމަށްފަހު، އަލުން އާބާދުކުރަން ފަށާފައިވާ ރަށެކެވެ. މިއަދު ތިނަދޫއަކީ ރާއްޖޭގެ ދެކުނުން އެންމެ ބާރުމިނުގައި ތަރައްގީވަމުން އަންނަ އެއް ސިޓީއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk