logo

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި

profile

އާމިނަތު ޝަޒްލާ - 14 ޖުލައި 2026 - 11:00

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަޝްވަރާތަކުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުން ކަމަށެވެ. މިހާރު ނިމިފައިވާ ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި ޖުމްލަ 12 ދާއިރާއެއް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އެހެން ދާއިރާތަކަށް މިސްރާބު ޖަހަންޖެހޭ ކަމަށެވެ. އަދި ރާއްޖެ ދުނިޔޭގެ މާކެޓްތަކާ އެކަހެރިވެފައި އޮތް އޮތުން ބަދަލުކޮށް، އިތުރު މާކެޓްތަކަށް ވަދެ އެކްސްޕޯޓް ކުރެވޭނެ ގޮތްތައް ހޯދުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންގެ އައު ޚިޔާލުތަކާއި ވިސްނުންތައް ބައިނަލްއަޤްވާމީ މައިދާނަށް ނެރެދީ، އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، އިންޑިއާއާއެކު މި ޤާއިމުކުރާ އެއްބަސްވުމަކީ އެ މަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އަންނަނީ ދުނިޔޭގެ އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތުރުކީވިލާތާއެކު ވެސް ވަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk