
ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 05:19
ތ. ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
އެރަށުގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލަ ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބިންވެރިޔާ ސްކީމަށް ކެޓެގަރީއެއް އިތުރުކޮށްފި
2 ގަޑިއިރު ކުރިން

ގޮނޑިގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ނެގެހެއްޓުމުން ޕީއެންސީ އިން މަރުހަބާ ކިޔައިފި
2 ގަޑިއިރު ކުރިން

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
19 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
19 ގަޑިއިރު ކުރިން


.gif&w=3840&q=75)