
ބިންވެރިޔާ ސްކީމަށް ކެޓެގަރީއެއް އިތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 05:19
ބިންވެރިޔާ ހާއްސަ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށްފިއެވެ.
ބިންވެރިޔާ ހާއްސަ ސްކީމަކީ ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅިގެން (ޖޮއިންޓް) އެޕްލިކޭޝަން ހުށަހަޅައި ގޯތި ކަށަވަރުވެފައިވާ ފަރާތްތަކަށާއި، ދައުލަތުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުނު ފަރާތްތަކަށް ހާއްސަ ކޮށްގެން އެކުލަވައިލާފައިވާ ކެޓަގަރީއެކެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލު މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިންވެރިޔާ ހާއްސަ ސްކީމުގެ ތިންވަނަ ކެޓަގަރީގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށެވެ.
ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަންނާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި އުޞޫލުގެ ދަށުން ހިމެނޭ މައިގަނޑު ދެ ކެޓަގަރީއަކީ:
ކެޓަގަރީ 1: ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް.
ކެޓަގަރީ 2: ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފްލެޓް ލިބިފައިވުމުން ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިން ނުލިބުނު ފަރާތްތައް.
ކެޓަގަރީ-3 (އަލަށް އިތުރު ކުރި): ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން.
ގޯއްޗަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ އިއުލާނުގައި ބުނެފައިެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
2 ގަޑިއިރު ކުރިން

ގޮނޑިގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ނެގެހެއްޓުމުން ޕީއެންސީ އިން މަރުހަބާ ކިޔައިފި
2 ގަޑިއިރު ކުރިން

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
19 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
19 ގަޑިއިރު ކުރިން


.gif&w=3840&q=75)