logo

އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ

profile

އާމިނަތު ޝަޒްލާ - 29 ޖޫން 2026 - 15:33

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކޮށް، ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފައެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ އިރުޝާދު ދެއްވާފައެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ތަރައްގީގެ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުން ހިމެނެއެވެ.

އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ 15 އަތޮޅެއްގެ 132 ރަށެއްގައި އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މުހިންމު މަޝްރޫއުގެ ދަށުން އެންމެ ފަހުން މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ލާމު އަތޮޅުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk