logo

ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

profile

އާމިނަތު ޝަޒްލާ - 29 ޖޫން 2026 - 13:38

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގެ ދެ ފިޔަވަހީގައި ބަލައި ފާސްކުރުމުގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިމިގްރޭޝަންގެ ހާއްސަ ޓާސްކްފޯސްއިން އިއްޔެ އާއި މިއަދު ހުޅުމާލެ ފޭސް 1 އަދި 2 ގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ޖުމްލަ 40 ބިދޭސީއަކު ބަލައި ފާސްކޮށް ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި އޮޕަރޭޝަންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ވޭތުވެދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފުވާ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް އެ އިދާރާއިން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk