
ކޮންވެންޝަން ޓޫރިޒަމް އައްޑޫއަށް ތައާރަފް ކުރަން ރައީސް ނަޝީދު ގޮވާލައްވައިފި

އާމިނަތު ޝަޒްލާ - 29 ޖޫން 2026 - 16:54
ކޮންވެންޝަން ޓޫރިޒަމް އައްޑޫ ސިޓީއަށް ތައާރަފް ކުރަން އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދި ގޮވާލައްވާފައިވަނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަމާޒަކަށް ވެފައިއޮތީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރާއިއެކު އައްޑޫގައި ހޮޓެލްއަކަށް ޓެންޑަރ ހުޅުވާލައި، ކޮންވެންޝަން ޓޫރިޒަމްއަށް ފައްކާކުރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ޓޫރިޒަމް އައްޑޫ ސިޓީގައި ތައާރަފްކުރުން އެމަނިކުފާނުގެ ވިސްނުމުގައި ހުރިކަމަށާއި އެކަމުން އެކަށީގެންވާ ފައިދާއެއް ނެރެވޭނެ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަކީ މީގެކުރިން ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް ބޭނުންކުރި ތަނެކެވެ.
2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ސާކް ސަމިޓް ބޭއްވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރުގައެވެ. މިތަން ހުޅުއްވައިދެއްވީ ކުރީގެ ރައީސް ނަޝީދެވެ.
ގުޅުން ހުރި ޙަބަރުތައް

އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ
3 ގަޑިއިރު ކުރިން

ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
5 ގަޑިއިރު ކުރިން

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައި އެމްއޭސީއެލް އިން ނިންމައިފި
7 ގަޑިއިރު ކުރިން

އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މޮނިޓަރކުރަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)