logo

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައި އެމްއޭސީއެލް އިން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 29 ޖޫން 2026 - 12:15

ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތިދޫކުރަން ބިން ހިއްކަން ފެށި ގިރާވަރުފަޅުގެ ބޮޑުބައި އެމްއޭސީއެލް އިން ހިއްކައި ނިންމާލައިފިއެވެ.

https://wamco.com.mv/

ގިރާވަރުފަޅު ހިއްކުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

އެމްއޭސީއެލް އިން ގިރާވަރުފަޅު ހިއްކަމުންދާ މިންވަރާއި ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.

ގިރާވަރުފަޅުން 15 ހެކްޓަރު ބިން ހިއްކައިފައިވާ ކަން އިއުލާން ކުރީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައެޅިފައިވާ 97.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.

މިއީ މުޅި މަޝްރޫޢުގެ 15.44 އިންސައްތަ މަސައްކަތެވެ.

ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ޑްރެޖަރުތަކަަށް ބަލާއިރު ދެ ޑްރެޖަރެއް ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ކުއީން އޮފް ދަ ނެދަރލޭންޑްސްގެ ހޮޕަރ ކެޕޭސިޓީ އަކީ 35،500 ކިއުބިކް މީޓަރެވެ. އަދި އޮރެންޖް ޑްރެޖަރަކީ 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް އިން ފަށާފައިވަނީ 30 ޖެނުއަރީ 2026 ގައެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ ޖަނަވަރީމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް އަވަސްކުރުމަށްޓަކައި ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ގިރާވަރުފަޅުގެ ބިން ހިއްކުން އަވަސްކުރަން ދެ ޑްރެޖަރު ރާއްޖެ ގެނެސް އެކަން އިއުލާން ކުރެއްވީ ރައީސް ޑރ މުއިއްޒު އެވެ.

ގިރާވަރުފަޅުގެ ބިން ހިއްކަން ބޭނުންކުރާ ޑްރެޖަރުތަކުގެ ތެރޭގައި ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާ އަކީ މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ.

ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުރު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ.

ބިން ހިއްކައި ނިމުމުން ގޯތިތައް ހަވާލުކުރާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk