
އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މޮނިޓަރކުރަނީ

އާމިނަތު ޝަޒްލާ - 29 ޖޫން 2026 - 12:14
ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވާތީ، އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ވަރަށް ގާތުން ބަލަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން މެދުވެރިވާ ތަބީޢީ މޫސުމީ ބަދަލެކެވެ. މި ހާލަތުގެ ސަބަބުން ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ލޮނުގަނޑު ހޫނުވެ، ދުނިޔޭގެ ވައިގެ ދައުރުވުމަށާއި، ވައިގެ ނުފޫޒުގެ އިތުރުން ވާރޭވެހޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައެވެ. މިއީ އެލްނީނޯގެ ހާލަތު އުފެދިފައިވާކަމުގެ ސާފު ހެއްކެކެވެ.
އާންމު ގޮތެއްގައި މި ހާލަތު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށްވެސް މިކަން ދެމިގެންދެއެވެ. އެލްނީނޯއަކީ ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއްފަހަރު ދިމާވާ ބަދަލެކެވެ. މީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ތިމާވެށީގެ ނިޒާމުތަކުގެ އިތުރުން އިޤުތިސާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މޫސުމާބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، އެލްނީނޯގެ ސަބަބުން ބައެއް މަސްތަކުގައި އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރުވާއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު ބޮޑުތަނުން މަދުވާ ކަމަށެވެ. އަދި ކޮންމެ އެލްނީނޯއެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަން ބިނާވެފައި އޮންނަނީ އެލްނީނޯގެ ބާރުމިނާއި އެކަން މެދުވެރިވާ ދަނޑިވަޅުގެ މައްޗަށެވެ.
މީގެއިތުރުން، ރާއްޖޭގެ މޫސުމަށް ބަދަލު އަންނަނީ ހަމައެކަނި އެލްނީނޯގެ ސަބަބުން ނޫންކަން ފާހަގަކުރައްވައި، އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ ބައިނަލްއަޤުވާމީ މޫސުމީ ބަދަލުތަކުގެ ނުފޫޒުވެސް ރާއްޖޭގެ ވާރޭވެހުމުގެ ނިޒާމަށް ފޯރާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮންވެންޝަން ޓޫރިޒަމް އައްޑޫއަށް ތައާރަފް ކުރަން ރައީސް ނަޝީދު ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ
5 ގަޑިއިރު ކުރިން

ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
6 ގަޑިއިރު ކުރިން

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައި އެމްއޭސީއެލް އިން ނިންމައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)