logo
އިސްރާއިލުން ގާޒާ އަށް ހަމަލާދެނީ- އަނެއްކާވެސް 10 މީހަކު ވަނީ ޝަހީދުކޮށްލާފަ

އިސްރާއިލުން ގާޒާ އަށް ހަމަލާދެނީ- އަނެއްކާވެސް 10 މީހަކު ވަނީ ޝަހީދުކޮށްލާފަ

ގާޒާގައި އަނެއްކާވެސް 10 މީހަކު ޝަހީދުކޮށްލައިފި

profile

ރިޟްވާން މޫސާ - 16 ޖެނުއަރީ 2026 - 12:38

ގާޒާގައި އަނެއްކާވެސް 10 މީހަކު ޝަހީދުކޮށްލައިފި އެވެ.

https://wamco.com.mv/

ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ޙަމަލާގައި 10 މީހަކު ޝަހީދުކޮށްލާފައިވާއިރު ޙަމާސްގެ އަސްކަރީ ގޮފީގެ އިސް
ވެރިޔަކުވެސް ވަނީ ޝަހީދުވެފަ އެވެ.

ޔަހޫދީ އިސްރާއީލުން ހަމާސް ޖަމާއަތަށް ނުވަތަ ގާޒާގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދޭން އަނެއްކާވެސް ފަށާފައި މިވަނީ އެމެރިކާ އިސްވެ އޮވެ އެމެރިކާ އަދި އިސްރާއީލުގެ މެދުގައި ހަދާފައިވާ ދެގައުމުގެ ހަމަލާތައް ބަދަލުކުރުން ހުއްޓުވުމުގެ ދެވަނަ މަރުހަލާ އިއުލާނުކުރުމުގެ އެއްދުވަސް ކުރިންނެވެ.

އެނގިފައިވާ ގޮތުގައި ޝަހީދުކޮށްލާފައި ވަނީ ޙަމާސްގެ ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު އަލްޙައުލީ އެވެ.

ޙަމާސުން ވަނީ އަލް-ޙައުލީ ޢާއިލާއަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާ ކުށްވެރިކޮށްފައެވެ. އަދި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ޚިލާފުވެފައިވާކަން ޙަމާސުން އަނެއްކާވެސް ވަނީ ފާހަގަކޮށްފައެވެ.

ދެގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމެއް ހެދި ނަމަވެސް އިސްރާއީލުން މި އެއްބަސް ވުމަށް ތާއީދެއް ނުކުރެ އެވެ. އިސްރާއީލުން ވަނީ މި އެއްބަސްވުން ހެދި ފަހުންވެސް ގާޒާ އަށް އަމާޒުކޮށް 400 އަށޤ ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފަ އެވެ.

ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިމާރާތްތައް ސުންނާފަތިކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ. ޣައްޒާގެ ދެ މިލިޔަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ފޭލިގެތަކުގައި އާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައެވެ.

އދގެ ކުޑަކުދިންނާބެހޭ އިދާރާއިން ބުނީ ޙަމަލާ ބަދަކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުން ޤާއިމްކުރި ފަހުން ވެސް ޣައްޒާގައި 100އަށްވުރެ ކުޑަކުދިން ޝަހީދުވެފައިވާ ކަމަަށެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 71،000އަށްވުރެ ގިނަ މީހުން ޔަހޫދީން ޝަހީދުކޮށްލާފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay