logo
ޔަމަނުގެއައު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ޝާޔާ މުހުސިން ޒަންދާނީ

ޔަމަނުގެއައު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ޝާޔާ މުހުސިން ޒަންދާނީ

ޔަމަނުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައި އައު ބޮޑުވަޒީރަކަށް ހާރިޖީ ވަޒީރު

profile

ރިޟްވާން މޫސާ - 16 ޖެނުއަރީ 2026 - 10:26

ޔަމަންގެ ބޮޑުވަޒީރު، ސަލީމް ބިން ބަރީކްގެ އިސްތިޢުފާ އެ ޤައުމުގެ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލުން ޤަބޫލުކޮށްފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

https://wamco.com.mv/

އައު ބޮޑުވަޒީރަކަށް އައްޔަންކޮށްފައިވަނީ ޝާޔާ މުޙްސިން ޒަންދާނީ އެވެ. އޭނާއަކީ ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

ސަބާ ނޫހުން ރިޕޯޓުކޮށްފައިވަނީ ބަރީކް އިސްތިޢުފާ ދެއްވާފައިމިވަނީ، ޔަމަންގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށް، ވަޒީރުންގެ އައު މަޖިލީހެއް އެކުލަވައިލުމުގެ މަސައްކަތް ޒަންދާނީ ފައްޓަވާފައިވާކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ ހަނގުރާމަވެރިންވަނީ މިދިޔަ މަހު، ޔަމަނުގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަކަށް އަތްގަދަކޮށްފައެވެ.

ޔަމަނުގައި ޞުލްޙަ ދެމެހެއްޓުމަށް އެހީީތެރިވުމަށް ސަޢުދީން އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަޤްވާމީ އިއްތިޙާދުން ވަނީ އެސްޓީސީގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ވަރުގަދަ ހަރަކާތެއް ހިންގުމަށްފަހު، އެ ސަރަޙައްދުތައް ސަލާމަތްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay