logo

އަނެއްކާ ވެސް ބައެއް ހިސާބުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު

profile

ޝަހްޒާ މުޙައްމަދު - 20 ޖެނުއަރީ 2026 - 07:10

ކުރިއަށް އޮތް ފަސް ދުވަހު ތެރޭގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މާލެ ހިމެނޭ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.

https://wamco.com.mv/

އައިކިއުއެއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ވައިގެ ފެންވަރު މިހާރު ހުރީ 111 ގައެވެ. މާލޭ ސަރަހައްދުގެ ވައިގައި ހިމެނޭ ހިރަފުހާއި ދުމުގެ މިންވަރު ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމަށް އަރާފައިވާއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށްވުރެ އަށް ގުނަ އިތުރު އަދަދެކެވެ.

މެޓުން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށެވެ. މީގެ ތެރެއިން އުތުރާއި މާލެ އަތޮޅަށް މިކަމުގެ އަސަރު ބޮޑަށް ކުރި ނަމަވެސް، ދެކުނުގެ ރަށްތަކަށްވެސް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވާނެކަމަށް ލަފާކުރެއެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގައި ވައި ނުސާފުކަން އެއް މިންވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށާއި، ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ކުޑަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ވައިގެ ކޮލިޓީ 101 އާއި 150 އާ ދެމެދު ހުރުމަކީ، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާތެރި ހާލަތެއް ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ. މިހާރު ވައި ހުރި މިންވަރަކީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާތެރި ދަރަޖައެކެވެ. ހާއްސަކޮށް ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ. އެހެންކަމުން، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެން.95 މާސްކް އެޅުމަށާއި، ބޭރުގައި އުޅޭ އުޅުން މަދުކުރުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay