
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު / ފޮޓޯ: މަޖިލިސް
ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިއްޖެ: މިނިސްޓަރ ސައީދު

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2025 - 07:03
ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އޮކްޓޯބަރު މަހުގެ 27 ނިޔަލަށް 192 މިލިއަން 149 ހާސް 939 ރުފިޔާގެ އާމްދަނީ އަކާއި 17 މިލިއަން 360 ހާސް 889.10 ރުފިޔާގެ ޓެކްސް އާމްދަނީ އެއް ދައުލަތަށް ދައްކާފައިވާ ކަމަށް އެސްޓީއޯ އިން އިކޮނޮމިކް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ މައުލޫމާތުގައި ހިމެނޭ ކަމަށެވެ.
ބަންކަރިންގ ހިދުމަތުގައި ލޯރ ސަލްފަރ ބޭނުންކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ބަންކަރިންގ ހިދުމަތުގައި މީގެ ކުރިން ލޯ ސަލްފަރ ބޭނުންކޮށްފައިނުވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ގާނޫނަށް ގެނެވުނު އިސްލާހާއި އެކު އިންޓަރނޭޝަނަލް ބަންކަރިންގ ހިދުމަތުގައި މިހާރު ހިދުމަތް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އިންޓަރނޭޝަނަލް ބަންކަރިންގ ހިދުމަތްދޭ ގައުމުތަކުގައި އެ ހިދުމަތް ދެމުންދާއިރު އެގައުމުތަކުގައި ޕްރެކްޓިސް ކުރާ އުސޫލުތަކާއި ރޭޓްތައް ދެނެގަނެ އެގޮތުގެ މަތިން ރާއްޖޭގައިވެސް ބަންކަރިންގ ގެ އުސޫލުތައް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
6 ގަޑިއިރު ކުރިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި
6 ގަޑިއިރު ކުރިން

ބަރު އުޅަނދުފަހަރު ދުއްވުމަށް ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
6 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި
9 ގަޑިއިރު ކުރިން


