logo

ބަރު އުޅަނދުފަހަރު ދުއްވުމަށް ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

profile

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 17:23

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ބަރު އުޅަނދުފަހަރު ދުއްވުން ވަކި ހާއްސަ ވަގުތުތަކަކަށް ކަނޑައެޅުމާ ގުޅޭ ގަވާއިދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިޔަފާރިވެރިންނާއި، އާންމު ދަތުރުފަތުރަށް ދަތިނުވާނޭ ފަދަ ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ވިޔަފާރިވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާތާ މިހާރު 4 މަސްދުވަސް ވެފައިވާ ކަމަށެވެ.

މިކަމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށް ވެސް އެންމެ ފައިދާހުރި، ހަރުދަނާ ހައްލެއް މިކަމުގައި ހޯއްދަވައިދެއްވުން ކަމުގައި މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މި ނިންމުމާއެކު އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބުރޫއަރައިފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބަރު އުޅަނދު ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމުން ގޭހާއި ފެން ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ގެތަކަށް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން، މިފަދަ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސިނަމާލެ ބުރިޖުގައި ޓްރެފިކް ބާރުބޮޑުވާ ޕީކް ގަޑިތަކުގައި ބަރު އުޅަނދުތައް ދަތުރުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ދިރާސާތައް ވެސް ކުރިއަށްދާ ކަމަށް ސައީދު އިތުރަށް ހާމަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319