logo

ބިދޭސީން، ނުގަވައިދުން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ސައީދު

profile

ޝަހްޒާ މުޙައްމަދު - 27 ނޮވެމްބަރު 2025 - 18:35

ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން މަސައްކަތްކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

https://wamco.com.mv/

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، މިކަން ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް، 1979 ވަނަ އަހަރުގެ ފޮރިން އިންވެސްޓްމަންޓް ޤާނޫނު އުވާލައި، މުޅިން އަލަށް ހަރުދަނާ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށެވެ. އަދި ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށާއި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެންކަންވެސް މިނިސްޓަރު ފާހަގަކުރެއްވުއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެކަމަށެވެ.

https://wamco.com.mv/
tel:+9607331319