
ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުން: ފޮޓޯ އަސްލު ޓީވީ ރިލްވާން
ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލްގެ ކެމްޕަެިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 18:39
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓް ގައި މާލޭ މޭޔަރުކަމަށް ވާދަކުރާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި އެވެ.
ފޯރިގަދަ ހަފްލާއަކަށް ފަހު ރަސްމީކޮށް ޖަގަހަ ހުޅުވާފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި ހުންނަ އޮފީސް އިމާރާތުގަ އެވެ.
މި ހަފްލާގައި އެ ސަރަހައްދަށް އެއްވެ ޕީއެންސީ އަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ތިބި އިރު ޕީއެންސީ އަށް ނިސްބަތްވާ އެޕާޓީގެ އިސް ފަރާތްކުންވެސް ބައިވެރިވެވަޑައިގެންފައިވާ ކަން ފާހަގަކުރެވެއެވެ.
ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ފަސޭހަގެންދާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ ޕާކު ތަކާއި މައިޒާންތައް ހެދުމަށް ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން މާލޭގެ މަގުތައް ހެދުމަށާއި، ރައްޔިތުންނާއި ގުޅުހުން ހުރި ތަރައްގީގެ އެކިއެކި ކަންކަމުގައި ސިޓީ ކައުްނސިލްގެ ވަރަށްބޮޑެތި އެހީތެރިކަމެއް ބޭނުންފުޅުވާ ކަމަށެވެ.
ރައްޔިތުންނާއި ގުޅުހުން ހުރި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކައުންސިލުން ނަގަންޖެހޭ ހުއްދަ ތަކާއި، ކައުންސިލްގެ އިހްތިސޯސް އޮންނަ ކަންކަމުގައި ކައުންސިލްގެ އެހީ އަބަދުވެސް ބޭނުންވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.
އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރައްވައި، ފެބްރުއަރީ، 2012 ގައި ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލަށް ވަނީ ނޮވެމްބަރު، 2024 ގައި ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.
މާލޭގެ މޭޔަރުގެ ރޭހުގެ ވާދަ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ. ދެން ވާދަ ކުރައްވަނީ ކުރީގެ ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު އެވެ.
ގުޅުން ހުރި ޙަބަރުތައް

އަސަރުން ފުރިއްޖެ !އެންމެން ރޮއްވާލައިފި!
2 ގަޑިއިރު ކުރިން

ލޯތްބާއެކު މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނަން: މޫސާ އަލީ ޖަލީލް
10 ގަޑިއިރު ކުރިން

މާލޭ މޭޔަރު ކެމްޕެއިން: މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ 20:30 ގަ ކާނިވާ ސަރަހައްދުގަ
11 ގަޑިއިރު ކުރިން

ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޭނަން: މިނިސްޓަރު
20 ގަޑިއިރު ކުރިން


