
ޕީއެންސީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް މިރޭ ޖަލްސާގައި ވާހަކަދައްވަނީ: ފޮޓޯ އަސްލުޓީވީ ރިލްވާން މޫސާ
ލޯތްބާއެކު މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނަން: މޫސާ އަލީ ޖަލީލް

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 18:56
މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، މި މައްސަލަތައް ހައްލުކުރައްވާނީ ލޯތްބާއެކުގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު ވިދާޅުވީ އެމަނިކުފާނު މާލޭ މޭޔަރު ކަމުގެ މަގާމަށް ކުރިމަތި ލެއްވި އިރުވެސް މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް އެނގިލައްވާ ކަމަށެވެ.
އެމަނިކުފާނަކީ ރައްޔިތުންގެ ޙިދުމަތުގައި ސިފައިން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން އެތަކެއް ގުރުބާނީއެއް ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު ރައްޔިތުންގެ ޙިދުމަތުގައި ނުނިކުމެ ފިލަންވީތޯ ސުވާލު އުފައްދާ ކަމަށެވެ.
ވަރަށް ކެރި ހުރެ ގައުމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި ސާބިތު ކަންމަތީގައި ދެމި ހުންނެވިކަން ރައްޔިތުންނަށް އަރުވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އަދިވެސް ރައްޔިތުންގެ ޙިދުމަތުގައި އޭރު ކުރެއްވި ޙިދުމަތް ކޮށްދެއްވުމުގައި ރައްޔިތުންނާއި، ގާތުން މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ޖަލީލް މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި އިރު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ތާއީދު އޮތީ ޖަލީލް އާއި އެކުގައި ކަމަށް ވިދާޅުވެފަ އެވެ.
ޖަލީލަށް އަމާޒު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގަޔާއި، ރައްޔިތުންނާއި ގުޅުހުން ހުރި އެތަކެއް ކަންކަމުގައި ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓެއް ހޮއްވަވައި ދެއްްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރައްޔިތުންގެ މަސައްކަތްތަކުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އަސަރުން ފުރިއްޖެ !އެންމެން ރޮއްވާލައިފި!
2 ގަޑިއިރު ކުރިން

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލްގެ ކެމްޕަެިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި
10 ގަޑިއިރު ކުރިން

މާލޭ މޭޔަރު ކެމްޕެއިން: މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ 20:30 ގަ ކާނިވާ ސަރަހައްދުގަ
11 ގަޑިއިރު ކުރިން

ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޭނަން: މިނިސްޓަރު
20 ގަޑިއިރު ކުރިން


