logo
މޫސާ އަލީ ޖަލީލް މިރޭ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ އަސްލު ޓީވީ ރިލްވާން މޫސާ

މޫސާ އަލީ ޖަލީލް މިރޭ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ އަސްލު ޓީވީ ރިލްވާން މޫސާ

އަސަރުން ފުރިއްޖެ! އެންމެން ރޮއްވާލައިފި!

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 02:30

އަސަރުގަދަ ބަސްތަކުން އެއްވެފައި ތިބި އެންމެން ރޮއްވާލައިފި އެވެ. ލަވަޔާއި މިއުޒިކާ އެކު ހަލަބޮލި މާހައުލެއްގައި ތިބި މީހުންނަށް ވަނީ ހަމަހިމޭން ވެފަ އެވެ.

https://wamco.com.mv/

އެއީ މިރޭ ޕީއެންސީ ޓިކެޓުގައި މާލޭ މޭޔަރު ކަމުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެވެ. ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީއެންސީ އަށް ތާއީދުކުރައްވާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންވެސް އެއްވެ ތިއްބެވެ.

އެންމެންވެސް އިންތިޒާރު ކުރީ ޖަގަހަ ހުޅުވުމަށްފަހު ކެންޑިޑޭޓު މޫސާ އަލީ ޖަލީލްގެ ވާހަކައަށެވެ. ސަރުކާރުގެ އިސްވެރިންނާއި، ސަޕޯޓަރުންނާއެކު ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު އޮތީ މުޅިން ފުރާލާފަ އެވެ.

ޕޯޑިއަމް އަށް ހުއްޓުމަށްފަހު އެއްވެ ތިބި ރައްޔިތުންނާއި މުހާތަބު ކުރައްވައި ޖަލީލް ގެ ވާހަކަ ފެށީ އަސަރާއެކުގަ އެވެ. ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި އެމަނިކުފާނު އުފުއްލެވި ބުރަ އާއި، ކުރެއްވި މިންނެތް އަގުހުރި މަސައްކަތުގެ މިސާލު ބަހުން ބުނެދެވޭހާ ތިލަކޮށް ކުރުކޮށް ރައްޔިތުންނަށް ކިޔައިދެއްވަން ފެއްޓެވި އެވެ.

ޖަލީލްގެ ވާހަކަތައް ކިތަންމެހައިވެސް ކުރެވެ. ނަމަވެސް އެއީ ހާދަހާވާ ގިނަ ދުވަސްތަކެކެވެ. ރައްޔިތުންނަށް ޙިދުމަތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރި ކަމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގޮސް އަދާކުރެއްވި ވަޒީފާއިން އެންމެ މަތީ ފަންތި އާއި ހަމައަށް ވާސިލް ވެވުނު ވާހަކަ އާއި ރައްޔިތުންގެ ހައްގުގައި ކުރެވުނު ތަޖުރިބާ އާއި ދިމާވި ގޮންޖެހުންތަކުގެ ވާހަކަ އަކީ އެންމެ ލަފުޒަކުންވެސް ނުވަތަ ޖުމްލަ އަކުން ބުނެދެވޭނެ ވަރުގެ ވާހަކަތަކެއް ނޫނެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލް ވިދާޅުވީ އެމަނިކުފާނަކީ އެމަނިކުފާނުގެ މުޅި ގައުމީ ހަޔާތުގައި ކަމަކަށް ގޮވާލައިފިނަމަ މި ގައުމުގެ އިއްޒަތާއި އަބުރަށްޓަކައި އަބަދުވެސް ތައްޔާރަށް އެންމެ ކުރީގައި ހުރި މީހެއް ކަމަށެވެ. އަދި ގައުމު ގޮވާލި ކޮންމެ ޙިދުމަތެއް ކުރުމަށް ފަސް ނުޖެހި ކުރިމަތިލީ މީހެއް ކަމަށެވެ. އަދި ފަތަށް އެނބުރި ބެލުމެއް ނެތި މިގައުމުގެ މަދަދާއި، ކަރާމާތުގެ ހައްގުގައި އަބަދުވެސް ކުރިއަށްދިޔަ މީހެއް ކަމަށެވެ.

"މުޅި ގައުމީ ހަޔާތުގައި ކަމަކަށް ގޮވާލައިފިނަމަ މި ގައުމުގެ އިއްޒަތާއި އަބުރަށްޓަކައި އަބަދުވެސް ތައްޔާރަށް އެންމެ ކުރީގައި ހުރި މީހެއް. ގައުމު ގޮވާލި ކޮންމެ ޙިދުމަތެއް ކުރުމަށް ފަސް ނުޖެހި ކުރިމަތިލީ މީހެއް. އަދި ފަތަށް އެނބުރި ބެލުމެއް ނެތި މިގައުމުގެ މަދަދާއި، ކަރާމާތުގެ ހައްގުގައި އަބަދުވެސް ކުރިއަށްދިޔަ މީހެއް"

" މުޅި ގައުމީ ހަޔާތުގައި ކަމަކަށް ގޮވާލައިފިނަމަ މި ގައުމުގެ އިއްޒަތާއި އަބުރަށްޓަކައި އަބަދުވެސް ތައްޔާރަށް އެންމެ ކުރީގައި ހުރި މީހެއް. ގައުމު ގޮވާލި ކޮންމެ ޙިދުމަތެއް ކުރުމަށް ފަސް ނުޖެހި ކުރިމަތިލީ މީހެއް. އަދި ފަތަށް އެނބުރި ބެލުމެއް ނެތި މިގައުމުގެ މަދަދާއި، ކަރާމާތުގެ ހައްގުގައި އަބަދުވެސް ކުރިއަށްދިޔަ މީހެއް" މޫސާ އަލީ ޖަލީލް ޖަލްސާގައި ވިދާޅުވި އެވެ.

ދިވެހި އަސްކަރިއްޔާގެ ޙިދުމަތުގައި ހިތްމަތާއެކު ރައްޔިތުންގެ ލޯތްބާއި، ސިފައިންގެ އިތުބާރާއެކު ޙިދުމަތްކުރަމުން ގޮސް އެ ޙިދުމަތުގެ އެންމެ މަތީ ސިޑި ޗީފް އޮފް ޑިފެންސްފޯސްގެ މަގާމު އަދާކުރި ކަމަށެވެ. އޭގެ އިތުރުން ދިވެހި ގައުމުގެ ދިފާއީ ވަޒީރުކަން އަދާކޮށްފައިވާ ކަމަށެވެ.

އަސަރާއެކު ޖަލީލްގެ ވާހަކަތައް ހިއްސާކުރަމުން ދިޔައިރު އެންމެ ތިބީ ޝައުގުވެރިކަމާއި ހަމަހިމޭން ކަމުގައި އަޑު އަހާށެވެ. ޖަލީލް ވިދާޅުވީ އެމަނިކުފާނު މި މަގާމުތަކުގައި އަދާކުރި ވަޒީފާ އާއި ދޭތެރޭގައި ﷲ އަށް ޝުކުރުވެރިވެ އެއިރެއްގައި ތިއްބެވި ވެރިން ކުރެއްވި އިތުބާރަށް ޝުކުރުވެރިވާ ކަމަށެވެ.

ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްގައި މިހާތަނަށް ވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި، މަންފާ އޮތް މަގު ހިޔާރުކޮށްފައި ކަމަށެވެ. ކެރިގެން ހިތްވަރާއެކު ރެއާއި ދުވާލު މަސައްކަތް ކޮށްދިނުމަށްފަހު މާލޭ ސިޓީގެ މޭޔަކަމަށްވެސް ނުކުންނަނީ މި ރޫހުގައި މި އަޒުމުގައި ތެދުވެރިކަންމަތީ ރައްޔިތުންނަށް ޙިދުމަތްކޮށްދޭން ކަމަށެވެ.

" ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްގައި މިހާތަނަށް ވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި، މަންފާ އޮތް މަގު ހިޔާރުކޮށްފަ. ކެރިގެން ހިތްވަރާއެކު ރެއާއި ދުވާލު މަސައްކަތް ކޮށްދިނުމަށްފަހު މާލޭ ސިޓީގެ މޭޔަކަމަށްވެސް ނުކުންނަނީ މި ރޫހުގައި. މި އަޒުމުގައި. ތެދުވެރިކަންމަތީ ރައްޔިތުންނަށް ޙިދުމަތްކޮށްދޭން. " ޖަލީލް ވިދާޅުވި އެވެ.

ޖަލީލްގެ ވާހަކައިގައި މާލޭ ސިޓީއަށް އެންމެ އަމާން އެންމެ ހިދުމަތްތެރި މޭޔަރެއގެ މަގާމު އަދާކުރައްވާފައިވަނީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަން ފާހަގަ ކުރެއްވެވި އެވެ. އަދި ރައްޔިތުންނަށް ވިދާޅުވި އެވެ. ރައީސް ޑރ.މުއިއްޒުގެ ހިންގުންތެރިކަމާއި، މަސައްކަތްތަކުގައި ގެންގުޅުއްވި ނަމޫނާ އެމަނިކުފާނު ބައްލަވާނެ ކަމަށެވެ. އަދި އެ ރޮނގުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވަކި ކުލައަކަށް ވަކި ފިކުރަކަށް ނުބައްލަވާނެ ކަމަށެވެ.

ޖަލީލްގެ ވާހަ ނިންމާލައްވަމުން ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް ޙީދުމަތް ކޮށްދިނުމުގައި އަނެއްކާވެސް ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ހުންނަވާނެ ކަމަށެވެ. އަދި ކުރިން ދެއްކެވި ނަމޫނާ ދައްކަވައި ރައްޔިތުންނަށް ޙިދުމަތް ކޮށްދިނުންމަތީ ދެމި ހުންނަވާނެ ކަމަށެވެ. ޖަލީލް ވިދާޅުވީ މާލޭ ސިޓީ ރައްޔިތުންގެ ޝަކުވާ ތަކާއި މައްސަލަތައްވެސް އެނގިލައްވާ ކަމަށެވެ. އަދި މައްސަލަތައް ހައްލުކޮށްދެއްވާނީ "ލޯތްބާއެކު" ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay