
ހުޅުމާލެ ފޭސް3 ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޭނަން: މިނިސްޓަރު

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 08:57
މި ސަރުކާރުން ދޫކުރާ ގޯތިތައް ދައުރު ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގޯއްޗަށާއި ފްލެޓަށް އެދުމަށް ހުޅުވާލާ ޕޯޓަލް އާއި ބެހޭ ގޮތުން ނޫސްވެރިންނައް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ވޭދުވެދިޔަ 8 އަހަރުތެރޭގައި ސަރުކާރަކުން ދިން ފްލެޓެއް އަދި ގޯއްޗެއްވެސް އެ ސަރުކާރެއް ނިމުމުގެ ކުރިން ދެވިގެންދާނެ ފުރަތަމަ ފަހަރު ކަމުގައި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިޔަށް ނުދާ އެއްވެސް މަޝްރޫއުއަކުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަމަށް ގޯއްޗެއް ނުވަތަ ފުލެޓެއްވެސް ދޭން ނިންމަވާފައި ނުވާނެ ކަމަށާއި، މި ސަރުކާރުން ރައްޔިތުންނައް ދޭން ނިންމާފައިވަނީ މި ދައުރު ނިމުމުގެ ކުުރިން ނިމޭނެ ކަން ޔަގީންވާ ފްލެޓްތަކާއި ގޯތިތައް ކަމަށެވެ.
ފޯމް ހުށައަޅަން ޖެހޭ ސުންގަޑި
- ބިމަށް އެޕްލައިކުރުމުގެ ސުންގަޑި – 4 މާރިޗު 2026 ގެ 23:59
- ފުލެޓަށް އެޕްލައިކުރުމުގެ ސުންގަޑި – 17 އޭޕްރިލް 2026 ގެ 23:59
ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
ފްލެޓުތައް ދިނުމުގައި ކަނޑައަޅާފައިވާ 15 ކެޓަގަރީތައް
1- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
3- ޒުވާނުންނަށް: 250 ފްލެޓު
4- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
5- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
6- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
7- މަސްވެރިންނަށް: 100 ފްލެޓު
8- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
9- ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތަކަށް: 500 ފްލެޓު
10- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
11- ދިވެހި ފުލުހުންނަށް: 100 ފްލެޓު
12- އެމްއެންޑީއެފަށް: 100 ފްލެޓު
13- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
14- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
15- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު
މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓް ލިބިފައިވާ ކަމުގެ ލިޔުން ލިބި ފްލެޓް ލިބިފައި ނުވާ ފަރާތް ތަކަށްވެސް ހާއްސަ ކެޓަގަރީއެއް މި ޕޯޓަލްގައި އިންނާނެ ކަމަށެވެ
ގުޅުން ހުރި ޙަބަރުތައް

އަސަރުން ފުރިއްޖެ !އެންމެން ރޮއްވާލައިފި!
4 ގަޑިއިރު ކުރިން

ލޯތްބާއެކު މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނަން: މޫސާ އަލީ ޖަލީލް
11 ގަޑިއިރު ކުރިން

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލްގެ ކެމްޕަެިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި
12 ގަޑިއިރު ކުރިން

މާލޭ މޭޔަރު ކެމްޕެއިން: މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ 20:30 ގަ ކާނިވާ ސަރަހައްދުގަ
12 ގަޑިއިރު ކުރިން


