
މާލޭ މޭޔަރު ކެމްޕެއިން: މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ 20:30 ގަ ކާނިވާ ސަރަހައްދުގަ

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 18:13
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ނިންމައިފި އެވެ
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަުގެ މަގާމަށް މޫސާ އަލީ ޖަލީލް ވާދަކުރައްވަން ނިންމަވާފައިވާއިރު އެމަނިކުފާނަށް އެންމެންގެ ވޯޓު ދެއްވައި ހޮއްވަވައި ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނަނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގަ އެވެ.
ރިޓަޔާޑު މޫސާ އަލީ ޖަލީލަކީ ދިވެހިރާއްޖެއަށް 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ ބޭކަލެކެވެ.
ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ފަސޭހަގެންދާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ ޕާކު ތަކާއި މައިޒާންތައް ހެދުމަށް ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން މާލޭގެ މަގުތައް ހެދުމަށާއި، ރައްޔިތުންނާއި ގުޅުހުން ހުރި ތަރައްގީގެ އެކިއެކި ކަންކަމުގައި ސިޓީ ކައުްނސިލްގެ ވަރަށްބޮޑެތި އެހީތެރިކަމެއް ބޭނުންފުޅުވާ ކަމަށެވެ.
ރައްޔިތުންނާއި ގުޅުހުން ހުރި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކައުންސިލުން ނަގަންޖެހޭ ހުއްދަ ތަކާއި، ކައުންސިލްގެ އިހްތިސޯސް އޮންނަ ކަންކަމުގައި ކައުންސިލްގެ އެހީ އަބަދުވެސް ބޭނުންވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.
މާލޭގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ އެންމެ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގައި ރައީސް ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ޒަމާނީ ފެންވަރަކަށް މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އަސަރުން ފުރިއްޖެ !އެންމެން ރޮއްވާލައިފި!
2 ގަޑިއިރު ކުރިން

ލޯތްބާއެކު މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނަން: މޫސާ އަލީ ޖަލީލް
10 ގަޑިއިރު ކުރިން

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލްގެ ކެމްޕަެިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި
10 ގަޑިއިރު ކުރިން

ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޭނަން: މިނިސްޓަރު
20 ގަޑިއިރު ކުރިން


