logo

ގައުމީ ކެޑޭޓް ކޭމްޕް ދަރިވަރުންނަށް ފުލުހުން މައުލޫމާތުދީފި

profile

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 10:47

ގިރިފުށީ ޓްރެއިނިންގ ސްކޫލުގައި މިހާރު ކުރިއަށް ގެންދާ “ގައުމީ ކެޑޭޓް ކޭމްޕު” ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ފުލުހުންނެވެ. 120 ދަރިވަރުން ބައިވެރިވި މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

އެގޮތުން، ފުލުހުންނަކީ ކޮބައިކަމާއި، ކުށް މަދުކުރުމަކީ ކޮބައިކަމާއި، ކުށް މަދުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު އެކި ޕްރޮގްރާމްތަކުގެ އިތުރުން އޮނިގަނޑު ބައްޓަންކުރެވިފައިވާ ގޮތާއި، ކުށެއް ހިނގަން މެދުވެރިވެދާނެ ސަބަބުތައް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ކުށް މަދުކުރުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި، ކުށުގެ މާހައުލުން ދުރުހެލިވެ ތިބުމަށް ކުރާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay