logo

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައިފި

profile

ޝަހްޒާ މުޙައްމަދު - 30 ޑިސެމްބަރު 2025 - 13:44

އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ، ފަސް އަހަރު ފަހުން އަލުން ހުޅުވައިފި އެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓ މީހާ އަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ.

ކޮވިޑާ ހެދި 2020 ގެ ތެރޭގައި ބަންދުކުރި ގޮތަށް މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.

މިދިޔަ މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުގައި ވަނީ ޝަންގްރިއްލާ ރިސޯޓުގެ ތައްޔާރީތައް ބައްލަވާފައިވެ އެވެ.

ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay