logo

ރިޓަޔާވުމަށްފަހު އަލުން ވަޒީފާއަށް ނުކުންނަ ނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފި

profile

ޝަހްޒާ މުޙައްމަދު - 30 ޑިސެމްބަރު 2025 - 13:51

ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރުމަށްފަހު އަލުން ދައުލަތުގެ އެކި މަގާމުތަކާ ގުޅޭ ފަރާތްތަކަށް ކުރިން ލިބެމުންދިޔަ ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފިއެވެ.

https://wamco.com.mv/

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައި ވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މިގޮތުން ކުރިން ލިބެމުންދިޔަ ރިޓަޔާ ކުރުމުގެ އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އިސްލާހުގައި ބުނީ، މުސްކުޅިކޮށްފައިވާ މުވައްޒަފަކު އެހެން ވަޒީފާއަކަށްދާނަމަ، މުސްކުޅި ކުރުމަށްފަހު އަލުން އަދާ ކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތުގެ މަތީން އަންގަން ޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރިވިއްޖެނަމަ، އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށެވެ.

މި އުސޫލު އާންމުކުރުމާއި އެކު މިއަދުން ފެށިގެން އަމަލު ކުރަން ވަނީ ފަށާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay