logo

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ރައީސްގެ ގަރާރަކުން ނިންމަވައިފި

profile

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 10:41

ހދ. ހިރިމަރަދޫ ރައްޔިތުން، އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފިއެވެ.

https://wamco.com.mv/

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އޮތީ ސަރުކާރަށް ހުށަހަޅައިފައެވެ.

މި ހުށަހެޅުމާ އެއްގޮތަށް ހަނިމާދޫއަށް އެ ރައްޔިތުން ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހު ގެނައީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި ހިމެނޭ ތާރީހަކަށްވާތީ ކަމަށެވެ. އެ ތާރީ ހަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ.

މިބަދަލާއެކު ކައުންސިލް އިންތިހާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކަށް ވާނީ ހަނިމާދޫ އެވެ.

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓްރީކޮށް ނިމުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި ރައީސް ހިމަނުއްވައިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay