
ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 08:52
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ.
އުމުރުން 80 އަހަރުފުޅުގައި ޚާލިދާ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވަނީ އާލާސްކަން ފުޅުގައި އުޅުއްވުމަށްފަހުގައެވެ.
ހާލިދާ އަވަހާރަވިކަން ހާމަކޮށް އެކަމަނާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) ބުނެފައިވަނީ ޚާލިދާ އަވަހާރަވެފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.
ބީއެމްޕީ އިން ވަނީ ޚާލިދާގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޚާލިދާ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ވަނީ ވެފައެވެ.
މައިގަނޑު އާލާސްކަންފުޅަކީ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދުން ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.
ޚާލިދާ އަކީ ބަންގްލަދޭޝްގައި ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ހާލިދާ ވަނީ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ.
ޚާލިދާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައެވެ.
އެއީ 1991 އިން 1996 އަށް ފުރަތަމަ ޓާމު އަދި 2001 އިން 2006 އަށް ދެވަނަ ޓާމެވެ.
ގުޅުން ހުރި ޙަބަރުތައް

ގައުމީ ކެޑޭޓް ކޭމްޕް ދަރިވަރުންނަށް ފުލުހުން މައުލޫމާތުދީފި
ގަޑިއިރެއް ކުރިން

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ރައީސްގެ ގަރާރަކުން ނިންމަވައިފި
ގަޑިއިރެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ޚާލިދާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި
4 ގަޑިއިރު ކުރިން


