logo

ވެމްކޯއިން ކުދި ވިޔަފާރިތަކުން ނަގާ ފީ ކުޑަކުރަނީ

profile

ޝަހްޒާ މުޙައްމަދު - 30 ޑިސެމްބަރު 2025 - 14:11

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމުށް ނަގާ ފީ ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މިއީ ވިޔަފާރިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީ އަށް ފެބްރުއަރީ 1 އިން ފެށިގެން ލުއި ދިނުމަށް އެ ކޯޕަރޭޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ސަބަބުން ވިޔަފާރިތަކުން ކުނި އުކާލުމަށް ކުރަންޖެހޭ ހަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑްތަކެއް ތައާރަފްކުރުމަށް ވެމްކޯއިން ދަނީ މަޝްވަރާކުރަމުންނެވެ. މި ބޭންޑްތައް ކަނޑައެޅުމުން، ވިޔަފާރީގެ ގަދަރާއި ބާވަތަށް ބަލައި އިންސާފުވެރި އަގުތަކެއް ކަނޑައެޅިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބޭންޑްތަކުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންނާއި ވިޔަފާރިތަކާ ހިއްސާކުރާނެކަމަށް ވެމްކޯއިން ބުނެޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay