logo

ކުރީގެ ފިލްމް ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

profile

ޝަހްޒާ މުޙައްމަދު - 30 ޑިސެމްބަރު 2025 - 17:17

ކުރީގެ ދިވެހި ފިލްމު ޑައިރެކްޓަރ އަބްދުލްފައްތާހު ( ފައްތޭ) ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ފައްތާހު ނިޔާވީ ، އުފަން ރަށް ކަމަށްވާ ހއ. ކެލާ ގައި މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހިގެން ފުރަތަމަ މަސައްކަތް ކުރީ ކުޅުދުއްފުށްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

https://wamco.com.mv/

މިހާރު ފައްތާހުގެ ހަށިގަނޑު ދިއްދޫއަށް ގެންގޮސް ޖަނާޒާ ދިއްދޫގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ދިން މީހަކު ބުނީ މިއަދުވެސް ފައްތާހު އެރަށުގެ އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރިކަމަށެވެ. އަދި ބަލިވެ ޞިއްޙީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްތާހަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެކެވެ. އޭނާ ވަނީ ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެތައް އުފެއްދުންތަކެއްގައިވެސް ޝާމިލުވާ ފަންނާނެކެވެ.

ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ. އޭނާއަށް ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ހޯދާފައެވެ.

މީގެ އިތުރުން 2010 ވަނަ އަހަރު މޯލްޑިވަސް ވީޑިއޯ މިއުޒިކް އެވޯޑްސްގައި ބެސްޓް ވީޑިއޯ ސޯންގްސް އެވޯޑުވެސް ފައްތާހުއަށް ލިބިފައިވެއެވެ. 2012 ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ޑިރެކްޓަރ، ބެސްޓްއެޑިޓިން، ބެސްޓް ކްރިއޯގްރަފީ، 2015ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑްސްގައި ބެސްޓް ޑައިރެކްޓަރ، ބެސްޓް އެޑިޓިން، ބެސްޓް އާޓް ޑިރެކްޝަން، ބެސްޓް ކްރިއޯ ގްރަފީ ހޭދާފައިވެއެވެ.

9 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި 2019 ވަނަ އަހަރު ވަނީ އޭނާ އެންމެ ފަހުން ހެދި ފިލްމު "ހައްދު" އިން ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް އާޓް ޑައިރެކްޓަރ ލިބިފައެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay