logo

ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ރައީސް ނަޝީދުގެ ތާއީދު

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 17:07

ކުރީގެ ރައީސުންނަށް ދައުލަތުންދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މަހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމުމަށް ތާއީދު ކުރައްވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސާރުކާރުގެ މިނިންމެވުމަށް ތާއީދު ކުރައްވާ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިފައިވަޑައިގަންނަވާ ކަމަށެވެ.

މި ޕޯސްޓާއެކު އެމަނިކުފާނު ވަނީ ޅެން ބައިތެއް ވެސް ހިއްސާކުރައްވާފައެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރެއް ނުވެސް ވާނޭ"

މި ޅެން ބައިތެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެނީ 75،000ރ. އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ޚަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ.

https://etukuri.mv/
https://www.aslu.com.mv