
އިޓަލީ އާއި އިޒްރޭލް ވާދަކުރި މެޗުގެ ތެރެއިން..
އިޓަލީ އިން އިޒްރޭލުގެ ހުވަފެންތަކަށް ހުރަސް އަޅައިފި

ހަސަން ޝަމްއޫން - 15 އޮކްޓޯބަރު 2025 - 11:34
ފީފާ ވޯލްޑްކަޕް ޔޫރަޕްގެ ގުރޫޕް އައިގައި ރޭ ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އިޒްރޭލް ބަލިކޮށް 1970 ގެ ފަހުން ވޯލްޑްކަޕްގައި ފުރަަތަމަ ފަހަރަށް ކުޅުމަށް އިޒްރޭލުން ދެކެމުންއައި ހުވަފެންތަކަށް އިޓަލީ އިން ހުރަސްއަޅައިފިއެވެ.
ކޮލިފައިންގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓޯނިއާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އިޒްރޭލް އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭ އަތުން އެޓީމު ބަލިވީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، އިޓަލީން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މިލަނޑު ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދީނީ ފޯވާޑް މަޓެއޯ ރެޓަގުއީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މިވަގުތު ސައުދީ ލީގުގައި ކުޅެމުން އަންނަ ރަޓެގުއީ އެވެ. އަދި އިޓަލީން ތިން ވަނަ ލަނޑު މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ކާމިޔާބުކޮށްދީނީ ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީއެވެ
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން އިޓަލީއަށް 15 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އިޒްރޭލަށް ހަތް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ގުރޫޕް ސްޓޭޖުގައި ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފް ޖާގަ ހޯދުމުގެ ދޮރު އިޒްރޭލަށް މިހާރު ވަނީ ބަންދުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
2 މަސް ކުރިން

އީރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް!
2 މަސް ކުރިން

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި
2 މަސް ކުރިން

ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭތޯ އެމެރިކާ އިން މަސައްކަތް ފަށައިފި
2 މަސް ކުރިން


.gif&w=3840&q=75)