
--
ޖިނީނަށް އަރައި 37 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި

އައިޝަތު ޔާނިއާ - 30 މޭ 2023 - 04:52
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މަައުލޫމާތު ދީފައިވާ ގޮތުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި އިސްރާޢީލުގެ ސިފައިން ހިންގި ލާ އިންސާނީ ޖަރީމާގައި މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. މި ހަމަލާ ގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 37 އަހަރުގެ އަޝްރަފް މުޙައްމަދު އިބްރާހީމެވެ.
އަޝްރަފް އަކީ ފަލަސްޠީންގެ ސިފައިންގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ އޮފިސަރެކެވެ. އަދި ޔަހޫދީ ސިފައިންނާ ޖިނީންގެ ރައްޔިތުން ކުރިމަތިލާފައި ވަނީ އެ ރަށަށް އަރައި ލާއިންސާނީ އުދުވާނެއް ހިންގަން ފެށުމުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެމީހުން ޖިނީނަށް އަރާފައިވަނީ ރެއިޑް އެއް ޖެހުމަށް ކަމުގައެވެ. އަދި ފަލަސްޠީނުގެ މުޖާހިދުން ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށާއި އެމީހުންނާ ކުރިމަތިލައި ދެ ފަރާތުގެ ދެމެދުގައި ބަޑިން ޙަމަލާ ބަދަލުކޮށްލާފައިވާ ކަމުގައި ޔަހޫދީ އިސްރާއީލުން ބުނެއެވެ.
ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާއަކުން ހާމަކުރި ގޮތުގައި ޖިނީންގައި ހިންގި ލާއިންސާނީ އުދުވާންތަކުގެ ތެރޭގައި ފަލަސްޠީނުގެ މުޖާހިދުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.
1967 ވަނަ އަހަރުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ދަނީ ފަލަސްތީން ގެ ހުޅަނގުގެ އައްސޭރިޔަށް އަޔްގަދަކުރަމުންނެވެ.ކޮންމެ ދުވަހަކުހެން ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގައެވެ.
މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި 26 ކުޑަކުދިން ހިމެނޭހެން ފަލަސްޠީނުގެ 155 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
15 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
16 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
18 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)