logo

ވޭޕް ވިއްކި ބަޔަކު ހުއްޓުވައި، އެކަކު ޖޫރިމަނާކޮށްފި

profile

ޝަހްޒާ މުޙައްމަދު - 06 ޑިސެމްބަރު 2025 - 16:30

ވޭޕްގެ ބާވަތްތަކެއް ވިއްކަމުން ދިޔަ ބަޔަކު ހުއްޓުވާ، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށާއި އަދި ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ބުންނެވެ.

މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވަނީ، ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަަމަށްވެސް ފުލުހުން ބުންޏެވެ، ފުލުހުން ދަނީ، މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay