
ރައީސުލްޖުމްހޫރިއްޔާ މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2025 - 08:29
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާ ރޭ މާލެ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ކަލާފާނު ސްކޫލްގައެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ސަރުކާރާ ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުން ކަމަށް ހީނާ ވިދާޅުވިއެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ރައީސް މުއިއްޒު ފެއްޓެވީ ނޮވެންބަރު 23 ވަނަ ދުވަހުގެ ރޭ ވިލިމާލެއިންއެވެ.
މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު ލިބެއެވެ. ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފަވާއިރު، މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއެކު ބައްދަލުވުން ކުރިއަށް ގެންދަވާފައެވެ. އެ ބައްދަލުވުންތަކުގައި ރައްޔިތުން ވަނީ ގިނަ ޚިޔާލުތަކަކާއި ކަންބޮޑުވުންތަކެއް ރައީސަށް ހުށައަޅާފައެވެ.
އޭގެ ތެރެއިން ބައެއް ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
3 ގަޑިއިރު ކުރިން

ވޭޕް ވިއްކި ބަޔަކު ހުއްޓުވައި، އެކަކު ޖޫރިމަނާކޮށްފި
3 ގަޑިއިރު ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
5 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
5 ގަޑިއިރު ކުރިން


