logo
—

އިސްރާއީލުން ދެމުން އައި ހަމަލާތައް މެދު ކަނޑާލައިފި

profile

އައިޝަތު ޔާނިއާ - 14 މޭ 2023 - 06:37

https://wamco.com.mv/

ފަސް ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ދިން ވަރުގަދަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. އަދި މިއާއެކު އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން ވެސް އިސްލާމިކް ޖިހާދުން ވަނީ މެދުކަނޑާލާފައެވެ.

އިސްރާއީލާއި ޣައްޒާގެ މީޑިއާތަކުން ކަށަވަރު ކޮށްދިފައިވާ ގޮތުގައި، މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުން ލިބި އިސްރާއީލައި އިސްލާމިކް ޖިހާދުން ވަނި ހަމަލާ ބަދަލު ކުރުން މެދުކަނޑާލައިފައެވެ.

ހަމަލާތައް ބަދަލު ކުރުން ހުއްޓާލި ނަމަވެސް އަދިވެސް އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި ވާ އިސްރާއީލްގެ އަވަށްތަކުގެ މީހުން ބިންގަރާސްތަކުގައި ތިބުމަށާއި ސްކޫލްތަކާއި އޮފީސްތައް ވެސް އާދީއްތަ ދުވަހު އަދި ބަންދުކޮށްފައި ބަހައްޓަން އިސްރާއީލްގެ ސަރުކާރުން ވަނީ އަންގާފައެވެ. އަދި މިއާ އެކު އިސްރާއީލް ސަރުކާރުން ވަނީ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް ވެސް އަންގާފައެވެ.

އިޒްލާއީލުން ހަމަލާތައް ހުއްޓާލަން އެއްބަސް ވުމުގެ ސަބަބުން ޣައްޒާ އާއި ފަލަސްތީންގެ ސަރަހައްދުތަކުގައި ވަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.ނަމަވެސް، އިސްލަމިކް ޖިހާދުން ބުނެފައި ވަނީ، މިވަގުތަށް ހަމަލާ ދިނުން ހުއްޓާލާފައި ވީ ނަމަވެސް، އިސްލާމިކް ޖިހާދުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާއެއް ދީފިނަމަ އަލުން ހަމަލާތައް ފަށާނެ ކަމަށެވެ. އަދި އިސްރާއީލުން ސުލްހައިގެ މަގު އިހްތިޔާރު ކުރަން ޖެހުނީ އިސްލާމިކް ޖިހާދުގެ ހަމަލާތައް ވަރުގަދަ ވުމުން ކަމަށް ވެސް އެޖަމާއަތުން ފާހަގަކޮށްފައި ވެއެވެ.

ފަސް ދުވަސް ވަންދެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 33 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި އިސްލާމިކް ޖިހާދުގެ 16 މީހަކު ހިމެނެއެވެ.


https://wamco.com.mv/
https://eportal.mwsc.com.mv/e-pay