
ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް

އައިޝަތު އިނާޝާ - 07 ޑިސެމްބަރު 2025 - 19:29
މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ކަމަށާއި ކޮންމެ ރައްޔިތަކުގެ ކަންބޮޑުމަށް ވެސް އިޖާބަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ ހެންވޭރު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ކަލާފާނު ސްކޫލުގައި ކުރިއަށްގެންދެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކުގައި ކަމަށެވެ. ވިދާޅުވީ ރައްޔިތުންގެ ވިންދާ އިހުސާސް އެމަނިކުފާނަށް އެނގިލައްވާ ކަމަށާއި ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުމަށް ވެސް އެމަނިކުފާނު އިޖާބަ ދެއްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކުވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުން ރައީސް އާއި ހިއްސާ ކުރަށްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މާލޭ ސަރައްހަދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ކައިރިން ހިއްކެން ހުރި ހުރިހާ ބިމެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލޭ ސަރައްހަދުގައި ފްލެޓްތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓްތައް ދިނުމުގައި އެންމެ އިސްކަންދޭނީ ކުރީ ސަރުކާރުތަކުގައި ފައިނަލް ލިސްޓް ކުރެވި އެހެންނަމަވެސް އެ ފްލެޓްތައް އަތުލާފައިވާ ފަރާތްތަކަށް ކަމަށެވެ. ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެލެޓު ނުލިބޭނެކަމަށް ނިންމި ފާރާތްތަކުން ހަމައެކަނި ޖެހޭނީ އެއަށް ހުށަހަޅަންކަމަށެވެ. އަދި އެބޭފުޅުން އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫޢުގެ އިތުރުން އެކި މަޝްރޫޢުތަކުގެ ތެރެއިން 7500 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެބޭފުޅުންނަށް ފްލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެއްކޮޓަރީގެ ފްލެޓެއް ހުއްޓަސް އެތަން ދޫކޮށްލާނަމަ 3 ކޮޓަރީގެ ފްލެޓް ލިބޭގޮތައް އުސޫލު ބަދަލުކުރުމަށް ވެސް ވިންނަވާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ބިންތަކާއި ފްލެޓްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ ފޭސް 3 ގައި ހިއްކި ބިން ޖެނުއަރީ މަހުގެތެެރޭގައި ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި ޑިސެންބަރު މަސް ނިމޭއިރަށް ފޭސް 3 ހިއްކާ ނިމޭނެ ކަމަށެވެ. އަދި ގިރާވަރު އަންނަ މާރިޗް މަހަށް ހިއްކާ ނިމޭނެ ކަމަށާއި ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހިއްކާ އެ މަސައްކަތް ނިމޭ އެންމެ އަވަހަކަށް ބިން ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
9 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
11 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
12 ގަޑިއިރު ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
12 ގަޑިއިރު ކުރިން


