
--
އިޓަލީގައި ފެން ބޮޑުވުން: މިހާތަނަށް 14 މީހުން މަރުވެއްޖެ!

އަހުމަދު ޒަލީފު - 21 މޭ 2023 - 17:50
އިޓަލީއަށް އައި ތޫފާނެއްގެ ސަބަބުން އެ ޤައުމުގެ އެމީލިއާ- ރޮމަގްނާ ސަރަހައްދުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ ގިނަ ބަޔަކު މަރުވެެއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިޓަލީއަށް އައި ތޫފާނުގެ ސަބަބުން އެމީލިއާ- ރޮމަގްނާ ސަރަހައްދުގެ ގިނަ ކޯރުތަކެއް ފުރިގެން ބަންޑުންވެފައިވާއިރު، މަގުތަކާއި ގެތައް ވެސް ވަނީ ފެނުގެ އަޑީގަ އެވެ. އިއްޔެގެ ނިޔަލަށް 14 މީހުންގެ ހަށިގަނޑު ފެނުތެރެއިން ހޯދާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮމަގްނާ ސަރަހައްދު މިހާރު ވަނީ ފެނުގެ އަޑީގައެވެ. އެތައް ބަޔެއްގެ ގެދޮރާއި ހިފާ ގެންގުޅޭ މުދާ ހަލާކުވެ ކައްކާ ކެވޭ އެއްވެސް ގޮތެއް ނެތެވެ. ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 20 މިލިއަން ޔޫރޯއަށް ވުރެ މައްޗަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެސަރަހައްދު އިމަޖެންސީ ހާލަތަށް ގެނެވިފައިވާއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ވަނީ ގިނަވެފައެވެ. އެ ސަރަހައްދުގައި ބާއްވަން ހަމަޖެހިފައި އޮތް ފޯމިއުލާ ވަންގެ ރޭސް ވެސް މި ތޫފާނުގެ ސަބަބުން ކެންސަލްވެފައިވާއިރު، ޓޫރިސްޓުން އެ ހިސާބަށް ދަތުރު ނުކުރުމަށް ގައުމުތަކުން ދަނީ ޓްރެވަލް އެޑްވައިޒަރީ ވެސް ނެރެމުންނެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި އިޓަލީއަށް މި އަންނަމުންދާ ތޫފާނަކީ ދުނިޔެ ހޫނުވުމާއެކު މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހިނގަމުންދާ ކާރިސާތަކުގެ ބައެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
35 މިނިޓު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
40 މިނިޓު ކުރިން

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން
ގަޑިއިރެއް ކުރިން
-1765079250590.webp&w=3840&q=75)
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރައްވައިފި
ގަޑިއިރެއް ކުރިން


