logo

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން

profile

ޝަހްޒާ މުޙައްމަދު - 07 ޑިސެމްބަރު 2025 - 11:35

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރުމަށް އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 3،000 މީހުން ކުރިމަތިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އީސީއިން މީޑިއާއަކަށް މައުލޫމާތުދީފައިވާގޮތުގައި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މަސައްކަތް ކުރާ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން 7،000 އޮފިޝަލުން ބޭނުންވާއިރު، އޮފިޝަލް ކަމަށް މިހާތަނަށް ކުރިމަތިލީ ގާތްގަނޑަކަށް 3،000 މީހުންނެވެ.

އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ ، މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޮފިޝަލް ކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވާނެއެވެ.

އިލެކްޝަނުން ފާހަގަކުރިގޮތުގައި މައި ޕޯޓެލް މެދުވެރިކޮށް އޮފިޝަލް ކަމަށް ކުރިމަތިލުމުގައި ބައެއްް މީހުންނަށް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތަށް ދަތިތައް ދިމާވާ މީހުން، އިލެކްޝަންސްގެ ހޮޓްލައިން 1414އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަނުން ބުނީ އޮފިޝަލުން ތަމްރީން ކުރާ ޓްރެއިނަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. ޓްރެއިނަރުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

ޢުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަސައްކަތް ކުރާ ގަޑިތަކަށް ބަލާ ކެއުމާއި، ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay