logo
ބާސެލޯނާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން..

ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާ އިން މަޔޯކާ ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 17 އޯގަސްޓު 2025 - 00:36

ސްޕެނިޝް ލަލީގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބާސެލޯނާ އިން މަޔޯކާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

https://wamco.com.mv/

މެޗުގެ ފުރަތަމަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. އަދި މިމެޗުގައި މަޔޯކާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މިހާފުގައި އެޓީމުގެ ދެކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި އެޓީމުގެ، މިޑްފީލްޑަރު މަނޫ މޯލެންސްއަށް ގާތްގާތުގައި ދެއްކި ދެ ރީނދޫކާޑާއެކު ރަތްކާޑު ދެއްކިއިރު، އޭގެ ހަ މިނެޓްފަހުން އެޓީމުގެ ފޯވާޑް ވެދާތް މުރުގީއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި މިއާއެކު މެޗުގެ ބާކީބައި އެޓީމުން ނުވަ ކުޅުންތެރިންނާއެކު ފުރިހަމަކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނުވަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅުނު ބާސެލޯނާއިން މަޔޯކާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މިލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

https://etukuri.mv/
https://www.aslu.com.mv