
މިހާތަނަށް ޗައިނާއިން 2 ލައްކަ 62 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 07:11
މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 2 ލައްކަ 62 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 262,120 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޗައިނާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ.
ރަޝިޔާއިން 205,187 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 108,909 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ އައިސްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,427,104 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 27 ގެ ނިޔަލަށް ރާއްޖެއަށް 1,483,086 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5,668 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލީ ރިސޯޓުތަކެވެ. އެގޮތުން އައި ފަތުރުވެރިންގެ 66 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތައް އިހްތިޔާރުކޮށްފައިވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 25 އިންސައްތައެވެ.
ބާކީ ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީ ފަދަ ކަނޑު އުޅަނދުފަހަރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެލިވަރުގެ އާ ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ
16 ގަޑިއިރު ކުރިން

ގޭސް ލީކުވި ހާދިސާ: ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާގެ ހާލު މިހާރު ސްޓޭބަލް
16 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް އިއްވައިފި
17 ގަޑިއިރު ކުރިން

ޓެލެގްރާމްގައި ބަރަހަނާ މަންޒަރު އާންމުކުރި 3 މީހަކު ޖަލަށްލާން ހުކުމްކޮށްފި
18 ގަޑިއިރު ކުރިން


