logo

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރަކު ދުއްވި ބޯޓެއް ވެއްޓިއްޖެ

profile

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 18:45

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ދުއްވި ތަމްރީނު މަތިންދާބޯޓެއް، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވެއްޓިއްޖެއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ ސްޕެއިންގެ ފްލައިބައި ޕައިލެޓް އެކެޑަމީ ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ ސްޕެއިންގެ ނަވާރާ ސަރަޙައްދުގެ ވިއާނާ ކައިރިން، ވައިގެ ތެރޭގައި ގާތްގަނޑަކަށް 300 ފޫޓު އުހުގައި އޮއްވައެވެ.

މި ހާދިސާގައި ބޯޓުގައި ތިބި ދިވެހި ދަރިވަރަށާއި އޭނާގެ އިންސްޓްރަކްޓަރަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ ލަ ރާޖިއޯގައި ވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރަކަށާއި، ޕޯޗުގަލްއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިންސްޓްރަކްޓަރަކަށެވެ.

މީގެ އިތުރުން، މި ދިވެހި ދަރިވަރަކީ މަލްޓި އިންޖީން ތަމްރީނުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރަމުންދިޔަ ދަރިވަރެއް ކަމަށާއި، އިންސްޓްރަކްޓަރަކީ އުދުހުމުގެ 700 ގަޑިއިރު ހަމަކޮށްފައިވާ ތަޖުރިބާކާރެކެވެ.

https://wamco.com.mv/
tel:+9607331319